އެލިސަންއަށް އޮލިމްޕިކްސް ރެކޯޑެއް

އެމެރިކާގެ އެތުލީޓު އެލިސަން ފެލިކްސް އޮލިމްޕިކްސްގެ އެންމެ ކާމިޔާބު ޓްރެކް އެންޑް ފީލްޑް އަންހެން އެތުލީޓުގެ މަގާމު ހޯދައިފިއެވެ.

އޮލިމްޕިކްސް 400 މީޓަރު އިވެންޓުގެ ލޯ މެޑަލް އާއެކު އެލިސަން ވަނީ އޮލިމްޕިކްސްގައި 10 މެޑަލް ހަމަކޮށްފައެވެ. 35 އަހަރުގެ އެލިސަން ރެކޯޑް މުގުރާލީ ޖެމެއިކާގެ މާލިން އޮޓޭ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މާލިން ވަނީ ނުވަ މެޑަލް ޓްރެކް އެންޑް ފީލްޑްގައި ހޯދާފައެވެ.

އެލިސަން ވަނީ ހަ ރަން މެޑަލާއި ތިން ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދާފައެވެ. އޭނާ ފުރަތަމަ މެޑަލް ހޯދީ 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި ބޭއްވި މުބާރާތުގައެވެ.

އެލިސަން އޭނާގެ ފުރަތަމަ ރަން މެޑަލް ކާމިޔާބި ކުރީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައެވެ.

އެލިސަންއަށް 11 ވަނަ މެޑަލް ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ. މިއަދު ކުރިއަށްދާ 400 މީޓަރު ރިލޭއިން ގަދަ ތިނެއްގައި ނިންމާލެވިއްޖެ ނަމަ އެމެރިކާގެ ޓްރެކް އެންޑް ފީލްޑް ތާރީހުގެ އެންމެ ކާމިޔާބު އެތުލީޓުގެ ޝަރަފު އޭނާއަށް ލިބިގެން ދާނެއެވެ.

މިހާރު އެމެރިކާގެ އެންމެ ކާމިޔާބު ޓްރެކް އެންޑް ފީލްޑް އެތުލީޓަކީ ފިރިހެން ދުވުންތެރިޔާ ކާލް ލުވިސްއެވެ.

comment ކޮމެންޓް