މިއަދު ޕޮޒިޓިވްވީ 92 މީހުން، މާލެއިން 21 މީހުން

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 92 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 21 މީހުންނާއި އަތޮޅުތަކުން 48 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 18 މީހުންކަމަށެވެ.އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ފަސް މީހުންކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،546 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،606 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 11 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،710 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ މަރުވެފަ އެވެ. މާލެއިން ފެންނަ ކޭސްތަކުގެ އަދަދު މިއަދު ދަށް ނަމަވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު ހުރީ އިތުރިވި ވަރުގައި ދަށްނުވެ ހިފެހެއްޓިފައެވެ.

comment ކޮމެންޓް