ޑޮކްޓަރު ޖީގައި އަޔޫޝްމަން ފެނިގެންދާ ގޮތް ދައްކާލައިފި

ފިލްމުގައި އަޔޫޝްމަން ފެނިގެންދާ ގޮތް----

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޑޮކްޓަރު ޖީ"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ފިލްމުގެ އަންހެން ލީޑު ރޯލުން ރާކުލް ޕްރީތު ފެނިގެންދާއިރު މި ފިލްމަކީ އަޔޫޝްމަން ޑޮކްޓަރެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި އަޔޫޝްމަން ފެނިގެންދާ ގޮތް މިހާރު އާންމުކޮށްފައިވާއިރު އޭނާގެ އިންސްޓަގްރާމްގައި ވަނީ ފަސްޓްލުކްގެ ޕޯސްޓަރެއްވެސް އާންމުކޮށްފައެވެ. އޭގެން ފެނިގެންދަނީ އެކްޓަރު އަޔޫޝްމަން ޑޮކްޓަރެއްގެ ޔުނިފޯމް އަޅައިގެން ހުންނަ މަންޒަރެވެ.

މި ފިލްމު ކުޅުމަށް އެއްބަސްވުމަށްފަހު އަޔޫޝްމަން ބުނީ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޑޮކްޓަރެއްގެ ރޯލު ކުޅެލަން ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި މި ރޯލު ކުޅުމަށް އިންތިޒާރުކުރެވޭ ކަމަށެވެ. އޭނާ ބުނީ މި ފިލްމަކީ އޭނާއަށް ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެއް ކަމަށާއި ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ޝޫޓިން ފެށުމާއެކު އޭނާ ސްކޫލުގައި ދިރިއުޅުނު ގޮތް ހަނދާންވެ ހޮސްޓެލް ދިރިއުޅުން ހަނދާންވާނެ ކަމަށެވެ.

ފިލްމުގައި އަޔޫޝްމަން ކުޅޭނީ ޑރ. އުދޭ ގުޕްތާ ކިޔާ މީހެއްގެ ރޯލެވެ. އަދި ރަކުލް މި ފިލްމުގައި ކުޅޭނީ ޑރ. ފާތިމާ ކިޔާ ކެރެކްޓާއެކެވެ. މި ފިލްމުވެގެންދާނީ ރަކުލްއާއި އަޔޫޝްމަން ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ޖަންގްލީ ޕިކްޗާޒްއިންނެވެ.

comment ކޮމެންޓް