އިއްޒަތްތެރި ބަޔަކަށް ވެވޭނީ ހަޔާތުގެ އަމާޒަކީ ދީންކަމުގައި ހަދައިގެން: އީދު ހުތުބާ

ޖުލައި 20، 2021: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން: އިއްޒަތްތެރި ބަޔަކަށް ވެވޭނީ ހަޔާތުގެ އަމާޒަކީ ދީންކަމުގައި ހަދައިގެންކަމަށް ހުތުބާގައި ވަނީ ގޮވާލާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޒަތްތެރި ބަޔަކަށް ވެވެން އޮތީ އިސްލާމްދީނަކީ މުޅި ހަޔާތުގެ އަމާޒަށް ހަދައިގެން ކަމަށާއި, މުޖުތަމައުގެ މިއަދުެގ ހާލަތު ރަނގަޅުކުރުމަށްޓަކައި މިއަދު ފާހަގަކުރާ އަޟްހާ އީދުން އާ ސޮފްހާއަކުން ފެށުމަށް އީދު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު އިސްލާމީ އުންމަތުގައި ފާހަގަކުރާ އަޟްހާ އީދާއެކު, މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ އީދު ނަމާދު ކޮށްފައެވެ. ބައެއް ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކޮށްފައި ވީ ނަމަވެސް, މާލޭގައި އީދު ނަމާދު ކުރީ މިސްކިތްތަކުގައެވެ.

އީދު ހުތުބާގައި ބުނީ މިއަދު މުޖުތަމައުތަކުން ފެންނަމުން ދަނީ އިސްލާމްދީނުގެ ވަތަނުތަކުގައި ބީރައްޓެހި ކުރުވަމުންދާ މަންޒަރު ކަމަށާއި, ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެކަމަށް ބުނެ ބަޔަކު އަޑު އުފުލަމުންވެސް ގެންދާ ދާ ކަމަށެވެ.

ޖުލައި 20، 2021: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން: އިއްޒަތްތެރި ބަޔަކަށް ވެވޭނީ ހަޔާތުގެ އަމާޒަކީ ދީންކަމުގައި ހަދައިގެންކަމަށް ހުތުބާގައި ވަނީ ގޮވާލާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަދު ފެންނަމުން ދަނީ ދީނަށް ފާޅުގައި ލާނެއްކޮށް ހިތާ މަންޒަރު. ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާ މަންޒަރު. ނަބިއްޔާއަށް ފުރައްސާރަކުރާ މަންޒަރު. މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި, ފޭރިގަންނަ މަންޒަރު. މުސްލިމު ވެރިންގެ އަބުރާއި ފުރާނައަށް ދަނީ އަރައިގަންނަމުން. އިސްލާމީ ގައުމުތަކުގެ ބިންތަކުގެ ހުރުމަތް ދަނީ ކަނޑަމުން. މުސްލިމު އިލްމުވެރިންގެ ގަދަރު ދަނީ ވައްޓަމުން. އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތިކުރުވަމުން," ހުތުބާގައި ބުންޏެވެ.

މިކަންކަން މިހެން ހުރުމާއެކު, އެމީހެއްގެ ވަގުތާއި މުދަލާއި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާނެ ބަޔަކަށް މިއަދު ބޭނުން ޖެހިފައިވާ ކަމަށް ހުތުބާގައި ބުނެއެވެ. އަދި އެއީ ދީނުގެ ބުރުސޫރައަށް ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ވާންޖެހޭނެކަމަށް ހުތުބާގައި ބުންޏެވެ.

ޖުލައި 20، 2021: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން: އިއްޒަތްތެރި ބަޔަކަށް ވެވޭނީ ހަޔާތުގެ އަމާޒަކީ ދީންކަމުގައި ހަދައިގެންކަމަށް ހުތުބާގައި ވަނީ ގޮވާލާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުތުބާގައި ގޮވާލީ މިއަދު ފާހަގަކުރާ އީދުގެ ތެރެއިން އާ ސޮފްހާއެއް ހުޅުވައި, މިއަދުގެ މުޖުތަމައުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ފެށުމަށެވެ.

އެގޮތުން, ހަޔާތުގެ އަމާޒަކީ އިސްލާމްދީނުގެ ގޮތުގައި ހެދުމަށް ހުތުބާގައި ގޮވާލިއެވެ.

"އެ ސޮފްހާގެ ތެރެއިން ލާފައި އަޅުގަނޑުމެންގެ މިއަދުގެ ހާލަތު ރަނގަޅުކުރެވޭތޯ ހިނގާ. އަޅުގަނޑުމެންގެ މުޅި ހަޔާތުގެ އަމާޒަކީ ދީންކަމުގައި ހަދަމާ ހިނގާ. އަޅުގަނޑުމެން އިއްޒަތްތެރި ބަޔަކަށް ވާނީ އޭރުން,"

އީދަކީ ބާއްޖަވެރި, އެއްބައިވަންތަ, އެކުވެރި އަދި ލޯތްބާއި އަޅާލުމާއި އުފާވެރިކަމުގެ ދުވަހެއްކަން ފާހަގަކުރަމުން ހުތުބާގައި ވަނީ އީޑުގެ ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތައި, މާފުކުރުން އިތުރުކޮށް, ސަލާމްކޮށް ހެޔޮ ކަންކަމަށް އެއްބާރުލައި ނުބައި ކަންކަމާ ދުރުހެލިވުމަށް ގޮވާލާފައެވެ.

އަދި އީދު ދުވަހު އާ ހެދުން ލައި ޒީނަތްތެރިވުން ރަމްޒުކޮށްދެނީ ހަށިތަކެކޭ އެއްފަދައިން އަމަލުތަކުންވެސް އިސްލާމީ އަގުލާހުން މީހާ ޒީނަތްތެރިކުރުވަން ޖެހޭކަން ކަމަށާއި, "ހުވަނދުލައި މީރުވަސް ދުއްވާ ގޮތަށް އިސްލާމީ އަހުލާގުގެ ހުވަނދުން އަޅުގަނޑުމެންގެ މުޖުތަމައު އެއްވަސް ކުރަންޖެހޭ"ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް