ލޮޓަސްގެ ލެވިސްޓާ ކޮފީ ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި

ލޮޓަސް ފިހާރަ ---

ލޮޓަސް ފިހާރައިން ކުރިއަށް ގެންދިޔަ ލެވިސްޓާ ކޮފީ ޑްރޯގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަނަކީ ޖެނުއަރީ އެކަކުން އެޕްރީލް ތިރީހަށް އެ ފިހާރައިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ އެއްވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ނަސްރުﷲ އަހްމަދެވެ. އެއްވަނައަށް 100،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމް ވަނީ ލިބިފައެވެ.

މި ލަކީޑްރޯގެ 2 ވަނައަށް ދާ ފަރާތަކަށް ލޮޓަސް އިން ދިނުމަށް ނިންމާފައިވަނީ ޖީއެން ސައިކަލެކެވެ. މި ނަސީބު ވެސް ހާސިލްކުރީ އެއްވަނަ ނަސީބުވެރިޔަކަށް ހޮވުނު ނަސްރުﷲ އަހްމަދެވެ.

މި ލަކީޑްރޯގެ ތިންވަނައަށް ހޮވުނު ފަރާތަށް ދިނުމަށް ހަމަޖެހިފައިވާ ރަށު ޕިކަޕު ލިބުނީ ޔުމްނާ އަބޫބަކުރު ނަމަކަށް ކިޔާ ފަރާތަކަށެވެ.

މީގެ އިތުރުން ހޮވާލެވުނު 10 ނަސީބުވެރިޔަކަސް މައުންޓަން ބައިސްކަލްވެސް ވަނީ ހަދިޔާކޮށްފައެވެ.

ލޮޓަސް ފިހާރައަކީ އާންމުންގެ މެދުގައި މަގުބޫލް އަދި އެއްތަނަކުން ބޭނުންވާ ހުރިހާއެއްޗެއް ލިބޭ ފިހާރައެކެވެ.

comment ކޮމެންޓް