ބަތަލާ ސުރޭޚާ މަރުވެއްޖެ

ބަތަލާ ސުރޭޚާ---

ވެޓޭރިއަން އެކްޓަރު ބަތަލާ ސުރޭޚާ ސިކްރީ 75، މަރުވެއްޖެއެވެ.

މީގެ 10 މަސް ކުރިން ސިކުނޑިއަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދިން ސުރޭޚާ އިއްޔެ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ބަތަލާ އަށް ވަނީ ދެފަހަރެއްގެ މަތިން ސިކުޑިއަށް ސްޓްރޯކެއް ޖެހިފައެވެ. އެއީ 2018 ވަނަ އަހަރާއި މިދިޔަ އަހަރުގައެވެ.

ބަތަލާ ސުރޭޚާ މަރުވީ ހިތުގެ ގިނަ މައްސަލަތެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މުމްބާއީގައެވެ.

ބަތަލާ ސުރޭޚާ ވަނީ ތިން ފަހަރުގެ މަތިން ނޭޝަނަލް އެވޯޑުވެސް ހޯދައިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ކުޅުނު "ބަދާއީ ހޯ" އިން އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑު ލިބިފަ އެވެ. ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުން ފެނިގެންދިޔަ ސުރޭޚާ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 1978 ވަނަ އަހަރު ނުކުތް ސިޔާސީ ފިލްމަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު