ތ. ގުރައިދޫ ބަނދަރު މަޝްރޫގެ ބޮޑުބައި ނިންމައިފި

ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު--- ފޮޓޯ: އެމްޓީސީސީ

ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ގުރައިދޫ ބަނދަރު ތަރައްގީކުރުމުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މި މަހުގެ ހަވަނަ ދުވަހު އެ ރަށަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

46.01 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ ދަށުން ގުރައިދޫ ބަދަރުގެ 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރޭގައި ހިމެނެއެވެ. އަދި 1،875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް