"ރަކްޝާބަންދަން" އަށް އަކްޝޭ ފަސް ކިލޯ ބަރުވެއްޖެ

ރަކްޝާބަންދަން ކުޅުމަށް އަކްޝޭ ވަނީ ފަސް ކިލޯ ބަރުކޮށްފައި---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ރަކްޝާބަންދަން" ކުޅުމަށް އޭނާ ފަސް ކިލޯ ބަރުވެއްޖެއެވެ.

ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ޑައިރެކްޝަނުގެ ދަށުން ކުޅޭ މި ފިލްމުގައި އަކްޝޭގެ ކެރެކްޓާ ކުޅުމަށް އޭނާ ފަސް ކިލޯ ބަރުކުރިއިރު އަކްޝޭ ބުނީ ފިލްމު ކުޅުމަށް ބަރުދަން އިތުރުކުރުމާއި ލުއިކުރުމުގެ މަރުހަލާ އޭނާ އަށް ކަމުދާ ކަމަށެވެ. އެއީ އެކަން އޭނާއަށް އެންމެ އެދެވޭ ގޮތެއްގައި ކުރެވޭތީ ކަމަށްވެސް އަކްޝޭ ވަނީ ބުނެފައެވެ. ބަރުދަން އިތުރުކުރުމަށް ބޭނުންވާ ކާއެއްޗެހި ކެވޭ ވަގުތަކީ އުފާވެރި ވަގުތުކޮޅެއް ކަމަށްވެސް ބަތަލު ވަނީ ބުނެފައެވެ.

މި ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނީ ކާމިޔާބު ފިލްމީތަރި ބޫމީ ޕެޑްނޭކަރު އެވެ. ރަކްޝާބަންދަންގެ ޝޫޓިން މިހާރު ފަށާފައިވާ އިރު, މީގެ ކުރިން ވެސް މި ދެތަރިން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމު އިއުލާންކުރި ދުވަހު އަކްޝޭ ބުނީ މި ފިލްމަކީ މުޅި ކެރިއަރުގައި ވެސް އެންމެ އަވަހަށް އޭނާ ކުޅެން އެއްބަސްވެ ސޮއިކުރި ފިލްމު ކަމަށެވެ. މި ފިލްމަކީ މީހުން ހެއްވާލާ ރޮއްވާލާނެ ފިލްމެއް ކަމަށެވެ. އަދި ދައްތަ މެން ތިބޭ މީހުންނަށް ދައްތަމެން ލިބުމަކީ ކިހާބޮޑު ނަސީބެއްކަން ވެސް މި ފިލްމުގެ ޒަރިއްޔާއިން ހާމަވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމު އޭނާ ހާއްސަކުރަނީ އޭނާގެ ދައްތަ އަލްކާ ބަޓިއާއަށެވެ.

comment ކޮމެންޓް