"ޕަވިތުރަ ރިޝްތާ" ސީކުއަލްގެ މަސައްކަތް ފަށައިފި

ޕަވިތްރަ ރިޝްތާ 2 ގެ ތަރިން---

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު އަށް ދޭ ޓްރިބިއުޓެއްގެ ގޮތުން "ޕަވިތުރަ ރިޝްތާ"ގެ ސީކުއަލެއް ހަދަން ނިންމައި އޭގެ ޝޫޓިން ފަށައިފިއެވެ.

ޕަވިތުރަ ރިޝްތާއަކީ ސުޝާންތު އެންމެ ފުރަތަމަ ލީޑު ރޯލު ކުޅުނު ޓީވީ ޑްރާމާއެވެ. ޓީވީ ޑްރާމާތަކުން ބޮލީވުޑަށް ނުކުތް ސުޝާންތު ކުޅުނު އެންމެ ފުރަތަމަ ޑްރާމާއަކީ ސްޓާ ޕްލަސްގެ "ކިސް ދޭޝް މޭހޭ މޭރާ ދިލް" އެވެ. ޕަވިތުރަ ރިޝްތާގެ ލީޑު ރޯލު ކުޅުނީ ސުޝާންތު އާ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ.

ސީކުއަލްގައިވެސް އަންހެން ލީޑު ކެރެކްޓަރ "އަންކިތާ"ގެ ރޯލު ކުޅޭނީ އަންކިތާއެވެ. ނަމަވެސް ފިރިހެން ލީޑު ކުޅެނީ ޓީވީ އެކްޓަރު ޝަހީރު ޝެއިހެވެ. ޝަހީރަކީ ސްޓާޕްލަސްއިން ގެނެސްދިން ޑްރާމާ "ޔޭ ރިޝްތޭހޭ ޕިޔާރު ކޭ" ގެ ލީޑު އެކްޓަރެކެވެ.

ދެހާސް ތޭރަވަނަ އަހަރު ސުޝާންތަށް ބޮލީވުޑްގެ ފިލްމު "ކައި ޕޯ ޗޭ"އިން ޖާގަ ލިބުމުން ވަނީ އެ ޑްރާމާ ދޫކޮށްލާފަ އެވެ. ޕަވިތްރަ ރިޝްތާގެ ސެޓުން އަންކިތާ އާ ސުޝާންތުގެ އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައިރު އެ ގުޅުން ދެމިގެން ދިޔައީ 2016 ވަނަ އަހަރާ ހަމައަށެވެ. މި ޑްރާމާ އާންމުންނާ ހަމައަށް އައީ 2009 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ.

comment ކޮމެންޓް