ދޮޅު އަހަރު ތެރޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހި: އެތަނުގައި ސްކޫލެއް އެޅުމަށް ބަޔަކާ މިއަދު ވަނީ ހަވާލުކޮށްފައި --- ފޮޓޯ: އެޗްޑީސީ

ދޮޅު އަހަރުތެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއި ކުުރުމުގެ ރަސްމިއްޔާތުގައި ސްކޫލް އެޅުމަށް ހަވާލު ކުރީ, މާލެގެ ގިނަ ގެތަކެއް އިމާރާތްކުރާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދެވެ.

އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މަސްލަހަތު އޮންނަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައިި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 18 މަސް ދުވަސްތެރޭ މަސައްކަތް ހަވާލު ކުރީ, ސްކޫލްގެ ޑިޒައިންވެސް ހެދުމާއެކު އެވެ. މަސައްކަތުގެ އަގަކީ, 243.12 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލުކުރާ މަޝްރޫއުއެއް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ނިމޭއިރު ތިނެެއް ނޫނީ ހަތަރު ސްކޫލު ހުންނާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް