ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ

މޭ 28، 2021: ކޮވިޑުގައި މަރުވި މީހަކު ވަޅުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ, މަރުވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އެ މީހާ މަރުވެފައި ވަނީ ރޭ 11:01ގައި އެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން 207 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

އަދިވެސް ކޮވިޑް ބަލި ޖެހިފައި ތިބި 4،784 މީހުން ތިބި އިރު, އޭގެ ތެރެއިން 44 މީހަކަަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 72,000 ށްވަރު ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 67،148 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

comment ކޮމެންޓް