ތިން ލޯންޗެއްގައި ރޯވެ މާލޭ ފަޅުގައި ބޮޑު އަލިފާނުގެ ހާދިސާއެއް، އެކަކަށް އަނިޔާވި

ލޯންޗުތަކުގައި ރޯވެ އަނދަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެ ސިޓީ ދެކުނު ފަރާތު ފަޅު ތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

ރޯވި އަލިފާން ކަޮންޓްރޯލް ކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް

އެމްްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:13 ހާއިރު ކަމަށާއި އެއްކޮށް އަލިފާންގަނޑު ނިއްވާލެވުނީ 06:45 ހާއިރު ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި ފަޅުގައި އޮތް ފަސް ލޯންޗަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައި. ފަސް ލޯންޗަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި -- ފޮޓޯ/ އެމްއެންޑީއެފް

އަލިފާން ރޯވި ތިން ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ އިރު، ކައިރީގައި އޮތް ދެ ލޯންޗަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް