ކޮވިޑުގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ

މޭ 28، 2021: ކޮވިޑުގައި މަރުވި މީހަކު ވަޅުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 55 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވީ މިއަދު 11:19 ގައެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 198އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 9،326 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 88 މީހުންނަށެވެ.

comment ކޮމެންޓް