ދެ ފާރު ދޭތެރޭ ތާށިވި ކުއްޖަކު ސަލާމަތްކޮށްފި

ދެ ފާރު ދޭތެރޭ ކުއްޖާ ތާށިވެފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ށ. ނަރުދޫގައި ދެ ފާރު ދޭތެރޭގައި ތާށިވި ކުޑަ ކުއްޖަކު ސަލާމަތް ކޮށްފި އެވެ.

ގެއެއްގެ އިންފާރާއި ފާރާ ދޭތެރޭގައި ތާށިވެފައި ވަނީ، އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

ނަރުދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ، އެކުއްޖާ ތާށިވީ މެންދުރު 1:30 ވަނިކޮށް ކަމަށެވެ. އަދި ގާތްގަނޑަކަށް ތިރީސް ވަރަކަށް މިނެޓު ތެރޭގައި އެކުއްޖާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

ކުއްޖާ ސަަލާމަތްކޮށްފައި ވަނީ ތިރިން އެއް ފާރު ތަޅާލައިގެންނެވެ. އެކުއްޖާޢަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

"ކުއްޖާ ހަމަ ރަނގަޅު ނަސީބަކުން. އެއްވެސް ކަމެއް ނުވޭ. ރަށުގެ ވަރަށް ގިނަ ބަޔަކު އައިސް ފާރު ތަޅާލައިގެން ކުއްޖާ ސަލާމަތް ކުރީ،" އޭނާ ބުންޏެވެ.

އެތެރެއަށް ވަދެވޭ ގޮތަށް ހުރި ނަމަވެސް، އެތެރެއަށް ދާވަރަކުން ހަނިވާގޮތަށް ހުރި އެ ދޭތެރެއަށް އެކުއްޖާ ވަނީ ކުޅެން އުޅުމުގެ ތެރޭގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް