އެމްބިއުލާންސް ތެރެއަށް ވިހައި، ދަރިފުޅު ނިޔާވެއްޖެ

އައިޖީއެމްއެޗުގެ އެމްބިއުލާންސް އެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކު އެމްބިއުލެންސް ތެރެއަށް ވިހައި، ދަރިފުޅު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ގައިނީ އީއާރަށް މިއަދު ހަވީރު ގެންދިޔަ މާބަނޑު އަންހެނަކު ވިހޭ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ވިހާފައިވަނީ އެމްބިއުލާންސް ތެރެއަށެވެ.

މާބަނޑު މީހާ އަކީ ކޮވިޑު19 އަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ އަށް މިހާރު ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑުމީހުންގެ އަދަދު އިތުރުވެފައިވާއިރު މާބަނޑު މީހުން ދުވަސް ނުފުރާ ވިހެއުމާއި ބަލީގައި ބޮޑުވަރުވުން އަދި ދަރިފުޅު ވެސް ސީރިއަސް ހާލަތަށް ދިޔުންފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އަދި ކޮވިޑުގެ މި ރާޅުގައި ބަލިޖެހޭ ކުޑަކުދިންގެ އަދަދުވެސް ދަނީ އިތުުރުވަމުންނެވެ.

comment ކޮމެންޓް