އެމްއައި ކޮލެޖަށް ގެއްލުންދީ، އެތަނުން ވައްކަން ކުރި މީހަކު ހޯދަނީ

އެމްއައި ކޮލެޖުގެ ދޮރު ހަލާކުކޮށްލައިގެން އެތަނުން ވައްކަންކުރި މައްސަލައިގައި ތަހުގީގަށް ހޯދަމުންދާ މީހާ--

އެމްއައި ކޮލެޖުގެ ދޮރަށް ގެއްލުން ދިނުމަށްފަހު އެތަނަށް ވަދެ، ވައްކަންކުރި މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ހޯދަމުންދަނީ މިއަހަރުގެ މާޗު 16ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖުގެ ދޮރަށް ގެއްލުންދީގެން ވައްކަން ކުރި މީހެކެވެ.

އޭނާ އެމްއައި ކޮލެޖަށް ވަދެ އުޅޭ ވީޑިއޯއެއްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މާސްކު އަޅައިގެން ހުރި މީހަކު ކޮލެޖު ތެރެއަށް ވަދެ އުޅޭ ތަނެވެ. އަދި ނިކުންނައިރު އޭނާ ހުންނަނީ ދަބަހެއް އަޅައިގެންނެވެ.

އެމީހާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ނަންބަރު 9631696 އަށް ގުޅައި، އެ މައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 481765 އެވެ.

comment ކޮމެންޓް