މާލޭ ސިޓީގެ ކައުންސިލަރުން ހުވާކުރުން ސަލްޓަން ޕާކުގައި

އޭޕްރީލް 10، 2021: ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން، އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ހޯދީ ކާމިޔާބީ ޕީޕީއެމް އޮފީސްކައިރީގައި ފާހަގަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވި ކައުންސިލަރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.

މާލޭ ސިޓީން ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 09:00ގައި ސަލްޓަން ޕާކުގައި ކަމަށެވެ.

ސިޓީ ކައުންސިލަށް އިންތިހާބުވި މޭޔަރާއި، ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ އިތުރުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނު މެމްބަރުން އިގުރާރުގައި ސޮއިކުރުން ވެސް މާދަމާ ކުރިއަށްދާނެ އެވެ.

މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާ އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި، ވަކިން ހާއްސަކޮށް މާލޭ ސިޓީގައި ކޮވިޑް19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ސަލްޓަން ޕާކު އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާނުލާނެ އެވެ.

ނަމަވެސް ރަސްމިއްޔާތު ޓީވީއެމް އާއި މާލޭ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް19 ގެ ހާލަތު ގޯސް ރަށްރަށުންގައި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދަން އަންގާފައި ވަނީ އޮންލައިން ކޮށެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބު، 75 ގޮނޑީގެ ތަފާތަކުން ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިންނެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު ކުރަން ޖެހޭ 982 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީން ކުރިމަތިލި 804 މަގާމުން ލިބިފައި ވަނީ 400 ގޮނޑި އެެވެ. އެއީ މުޅި އިންތިހާބުގެ 40 ޕަސަންޓެވެ. އަދި އެއީ އެމްޑީޕީއިން ވާދަކުރި 804 ގޮނޑީގެ ތެރެއިން 49.8 ޕަސެންޓުގެ ގޮނޑީގެ ކާމިޔާބެކެވެ.

ވާދަވެރި ޕީޕީއެމް އިން ކުރިމަތިލި 647 ގޮނޑީގެ ތެރެއިން ލިބިފައިވަނީ 325 ގޮނޑި އެވެ. އެއީ މުޅި އިންތިހާބުގެ 33 ޕަސެންޓެވެ. އަދި ވާދަކުރި ނިސްބަތުން ބަލާ ނަމަ އެ ޕާޓީ އިން ވަނީ 50 ޕަސެންޓް ގޮނޑި ނަގައިފަ އެވެ.

ސިޓީތަކުން އެމްޑީޕީއަށް ލިބިފައި ވަނީ، 25 ގޮނޑި އެވެ. އޭގެ ތެރޭގައި ތިން ސީޓީގެ މޭޔަރުކަން ހިމެނެ އެވެ. އެއީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލަށް ސިޓީ އެވެ.

މާލެ ސީޓީގެ މޭޔަރުކަން ލިބިފައި ވަނީ ޕީޕީއެމްއަށެވެ. ކުރިން އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ނަމަވެސް، މިފަހަރު އިންތިހާބުގައި މާލެ ސިޓީގެ މެޖޯރިޓީ ލިބިފައި ވަނީ ޕީޕީއެމްއަށެވެ. އެގޮތުން މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެ އެވެ. ސިޓީތަކުން ޖުމްލަ 17 ގޮނޑި ޕީޕީއެމްއަށް ލިބިފައިވެ އެވެ.

މިފަހަރު ކޮންމެ އަތޮޅަކުން ރައީސަކު ހޮވަން ޖެހޭއިރު، 18 އަތޮޅުން ފުރިހަމަ އަޣުލަބިއްޔަތު ލިބެނީ އެމްޑީޕީއަށެވެ. އެގޮތުން އެމްޑީޕީން ވަނީ 11 އަތޮޅު ރައީސްކަން ހޯދާފަ އެވެ. ޕީޕިއެމްއަށް ލިބެނީ ހަތް އަތޮޅު ރައީސްކަމެވެ.

comment ކޮމެންޓް