އެލެން ޑިޖެނެރެސްގެ ޓޯކް ޝޯ ނިންމާލަނީ

މަޝްހޫރު ކޮމީޑިއަން އެލެން---

އެމެރިކާގެ މަޝްހޫރު ކޮމީޑިއަން އަދި ޓޯކް ޝޯ ހޯސްޓް އެލެން ޑިޖެނެރެސް ގެނެސްދޭ ޓޯކް ޝޯ ހުއްޓާލަން ނިންމާލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ޝޯ އަކީ ވަރަށް ދުވަސްވީ ޝޯއެކެވެ. އަންނަ އަހަރު މި ޝޯ މެދުކަނޑާލަން ނިންމިއިރު އެލެން ބުނީ ހުނަރުވެރި މީހަކަށްވެ ހުރެ އަބަދުވެސް ވިސްނަންޖެހޭނީ ކުރިއަށް ކަމަށާއި މި ޝޯ އަކީ ކިތަންމެ މަޖާ ޝޯ އެއް ނަމަވެސް މިހާރު މި ޝޯ އަކީ އޭނާ އަށް ޗެލެންޖެއް ނޫން ކަމަށެވެ.

ވާނާ ބްރޯޒްގެ ދަށުން ގެނެސްދޭ އެލެން ޓޯކް ޝޯ އަކީ 2003 އަހަރުން ފެށިގެން ގެނެސްދެމުން އައި ޝޯއެކެވެ. އަދި މި ޝޯ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމާ ލޯބި ހޯދާފައިވާ ޝޯއެއް ވެސް މެއެވެ. "ދަ އެލެން ޑެޖެނެރެސް ޝޯ" އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ.

comment ކޮމެންޓް