އެސްޓީއޯގެ ހިއްސާއަކަށް 60 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯ--

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާ އަކަށް 60 ރުފިޔާ ބަހަން ފާސް ކުރުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ އިންނެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މި ނިންމުން ފާސްވާނީ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައި، ހިއްސާ ދާރުންގެ ވޯޓުންނެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ހުސްވި 2020 ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ ސާފު ފައިދާގެ ގޮތުގައި 409 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ 2019 ވަނަ އަހަރާ އާޅާބަލާއިރު 35 ޕަސެންޓު އިތުރު އަދަދެ ކެވެ.

އެސްޓީއޯގެ މިދިޔަ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި އާންމުކޮށްފަ އެއް ނުވެއެވެ. އަހަރީ ރިޕޯޓު ނެރުން މި މަހުގެ 15 އަށް ލަސްކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެެއްވެސް އަދި އެކުންފުނިން އިއުލާނެއް ނުކުރެ އެވެ.

comment ކޮމެންޓް