މަޑިހާ ސަން ބަދިގެ: ބޮލޮގްނީސް ސޯސް

ބޭނުންވާނެ ތަކެތި

  • 200 ގްރާމް މިންސްޑް ބީފް
  • 50 ގްރާމް ކެރެޓު (ކުދިކޮށް ކޮށާފައި)
  • 20 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
  • 2 ލޮނުމެދުކޮޅު
  • 40 ގްރާމް ލީކްސް (ކުދިކޮށް ކޮށާފައި)
  • ފްރެޞް ރޯޒްމޭރީ
  • 3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
  • 400 މިލިލީޓަރު ޕީލްޑް ޓޮމާޓޯ
  • 2 މޭޒުމަތީސަމުސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ޕޭން ހޫނުކޮށްލުމަށްފަހު ތެޔޮކޮޅު އަޅައި، އަދި މިންސްޑް ބީފްވެސް އަޅައި ރޯފިލުވާލާށެވެ. ދެން ރޯޒްމޭރީއާއި، ތަރުކާރީކޮޅު، ފިޔާ އަދި ލޮނުމެދު އަޅާއި ފަސް މިނެޓެއްހާ އިރު ވަންދެން މީރުކޮށްލާށެވެ.

ދެން ޓޮމާޓޯ ޕޭސްޓް އަޅައި ތިން މިނިޓު ވަންދެން ކައްކާލާށެވެ. އެންމެ ފަހުން ޕީލްޑް ޓޮމާޓޯ އެއްކޮށްލައި، ލޮނު ހެޔޮވަރުކޮށްލަން ލޮނުކޮޅެއްވެސް ލުމަށްފަހު ރަނގަޅަށް އެއްކޮށްލާށޭވެ.

ބޭނުން ވައްތަރެއްގެ ޕާސްތާއަކާއެކު މި ސޯސް ބޭނުންކުރާށެވެ. ޕާމެސަން ޗީޒްކޮޅެއްވެސް މައްޗަށް އަޅާލުމުން އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ.

comment ކޮމެންޓް