އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށް ހިޔާނާތުގެ ލިސްޓު އާންމުކުރާނަން: އިންތި

241 ކޮމިޓީ އާްއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރުރު އިމްތިޔާޒު ފަހުމީ --

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ގޮތަށް ކޮމިޓީ ރިޕޯޓާއެކު އާންމު ކުރާނެ ކަމަށް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ކޮމިޓީ ބައްދަލުވުމުގައި އިންތި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު ފޮނުވިގޮތަށް އެތަނުގެ ތައްގަނޑާއެކު މަޖިލީހުން އާންމު ކުރާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި އެމްއެމްޕީއާރުސީ މައްސަލަ ބަލައި މިއަދު ރިޕޯޓު ފާސް ކުރުން މިހާރު ކުރިއަށްދާ ކޮމިޓީއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޮމިޓީގެ މެމްބަރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު ފޮނުވިއިރު ހުރި އިމްލާ ކުއްތައްވެސް ކޮމިޓީއިން އިސްލާޙު ނުކުރާ ކަމަށެވެ. އެ އިމްލާ ކުއްތަކާއެކު ކޮމިޝަނުން ފޮނުވި ގޮތަށް ލިސްޓު އާންމު ކުރާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ކޮމިޓީއިން ލިސްޓަށް އުނިއިތުރެއް ގެންނަ ދެއްކުމަށް އަދި ކޮމިޓީއިން ކުރާ މަސައްކަތަށް ހިޔަނި އެޅުވުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސައްހަ ނޫން ލިސްޓެއް އާންމު ކުރަމުން ދާކަން ހިސާން ފާހަގަ ކުރެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު މައުލޫމާތު ދިނުމަށް ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ހާމަ ކުރަން ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ލިސްޓުގައި ހުރި މީހުންގެ އައިޑީކާޑު ނަމްބަރުތައް ފެންނަން ނުހުނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ތަފްސީލު އަންނަނީ

comment ކޮމެންޓް