އިންތިހާބާާ ބެހޭ ހަ މައްސަލައެއް ހައިކޯޓުން ބަލައިގެންފި

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާ ގުޅޭ ހަ މައްސަލައެއް ހައިކޯޓުން ބަލައިގެންފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން އިންތިހާބުތަކާ ބެހޭ މައްސަލަތައް ފުރަތަަމަ މަރުހަލާގައި ބަލަން ޖެހޭނީ ހައިކޯޓުންނެވެ. އިންތިހާބީ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު އެވެ.

ހައިކޯޓުން މިއަދު ބުނީ، އެ މުއްދަތުގެ ތެރޭގައި 15 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ މައްސަލައެއް ބަލައިގެންފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ބަލައިނުގަތް ބައެއް މައްސަލަތައް ވެސް އަލުން މުރާޖައާ ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ހައިކޯޓުން ބަލައިގެންފައިވާ އިންތިހާބީ މައްސަލަތަކުގެ ތަފްސީލެއް އަދި އެނގިފައި ނުވެ އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ވަނީ މުހިންމު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު ކަމާއި، މާލެ ސިޓީ ކައުންސިލުގެ އަގުލަބިއްޔަތާއި، އައްޑޫ ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ހޯދުން ހިމެނެ އެވެ.

comment ކޮމެންޓް