މަޑިހާ ސަން ބަދިގެ: ޗިކެން ކެބާބް

ބޭނުންވާނެ ތަކެތި

  • 200 ގްރާމް ބޯންލެސް ޗިކަން ބްރެސްޓް
  • 1 ފިޔާ
  • ރެޑް ބެލްޕެޕާއެއްގެ އެއްފަޅި
  • ރީނދޫ ބެލްޕެޕާއެއްގެ އެއްފަޅި
  • އަލަނީސިއެއްގެ ހަތަރުބައިކޮށްފައި އެއްބައި
  • ރަހަލާވަރަށް ލޮނާއި އަސޭމިރުސް
  • 2 ސަމުސާ ޓޮމާޓޯ ސޯސް
  • 2 ސަމުސާ ޗިލީ ސޯސް
  • 2 ލޮނުމިދު ކުށިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް

ބޯންލެސް ޗިކެން ބްރެސްޓް ހަ ބަޔަކަށް ވާގޮތަށް ކޮށާލާށެވެ. އަދި ލޮނާއި އަސޭމިރުސް ހާކާލާށެވެ. ދެން ފިޔާ ބެލްޕެޕާ އަދި އަލަނާސި ހަތަރެސް ކަނަށް އެއްވަރަކަށް ކޮށާލާށެވެ. އެއަށް ފަހު އުލަކަށް ކުކުޅާއި ތަރުކާރީތައް މަހާލާށެވެ. ތަވާ ހޫނުކޮށްލުމަށް ފަހު އެތަކެތި ފިހެލާށެވެ. ކުޑަކޮށް ބްރައުން ކުލަ އަރަންދެން ބަހައްޓާލަން ވާނެ އެވެ.

އެއަށް ފަހު ލޮނުމިދާއި ޓޮމާޓޯ ސޯސް ޗިލީ ސޯސްހަމަ އެތަވައަށް އަޅާލައި ކުކުޅު ތަކުގައި އުނގުޅާލާށެވެ. އަދި ދެ މިނެޓްވަންދެން ބަހައްޓާލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް