ކޮމެޑީ ފިލްމު ބައިވެރިޔާ މާދަމާއިން ފެށިގެން މަލްޓިސްކްރީނުން ފެންނާނެ

ދިވެހި ފިލްމު ބައިވެރިޔާ ހުކުރު ދުވަހުން ފެށިގެން މީޑިއާ ނެޓް މަލްޓި ސްކްރީނުން ފެންނާނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.

މަޖާ ކަންތައްތަކެއް ފެނިގެންދާ ބައިވެރިޔާ ފިލްމުން ފެންނަ މައިގަނޑު ތަރިންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު އަޒްމީލް، އަހުމަދު ސައީދު، މުހައްމަދު ފައިސަލް، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން މަލީހާ ވަހީދު ހިމެނެ އެވެ.

މި ފިލްމުން ފެނިގެން ދަނީ ފިލްމީ ތަރިއަކަށް ވާން ބޭނުންވާ މަލް އޭނާގެ ގެއިން ނިކުމެ، ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެވެ.

ބައިވެރިޔާ ލޮޔެ ޑައިރެކްޓު ކޮށްފައިވަނީ ޔޫއްޕެ އެވެ. ފިލްމުގެ ޕްރޮޑިޔުސަރުންނަކީ އިސްމާއިލް ޝަފީގްް އަދި ނިޔުމާ މުހައްމަދެވެ. މިއީ މަލްޓިސްކްރީނަށް އަންނަ ޔޫއްޕެގެ ފުރަތަމަ ފިލްމެވެ.

ބައިވެރިޔާގެ ޓްރެއިލާ މި ލިންކުން ފެންނާނެ އެވެ.

މީޑިއާނެޓް މަލްޓިސްކްރީން މެދުވެރިކޮށް ލައިވް ޓީވީ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމު އަދި ސީރީޒްތައް ފޯނު، ޓެބްލެޓް ނުވަތަ ޕީސީއިން ކަސްޓަމަރުންނަށް ބެލޭނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ވީއޯޑީ ފިލްމުތަކާއި މަލްޓިސްކްރީންއަށް ހާއްސަ މީޑިއާނެޓްގެ އޮރިޖިނަލް އުފެއްދުންތައްވެސް ހިމެނެ އެވެ.

މަލްޓިސްކްރީން އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުންނާއި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭނެ އެވެ.

މީޑިއާނެޓްގެ ފްރަންޓް އޮފީހަށް ޒިޔާރަތްކޮށްގެން ނުވަތަ މީޑިއާނެޓްގެ ވެބްސައިޓުން މަލްޓްސްކްރީން ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.

comment ކޮމެންޓް