ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރައްވައިފި

ޒަހާ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު މިރޭ ވަކިކުރައްވައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ 12:00 ގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ޒަހާއަށް ގުޅުއްވައި މިނިސްޓަރުކަމުން ވަކިކުރެއްވިކަން އަންގަވާފަ އެވެ.

ޒަހާއަށް އެކަށީގެންވާވަރަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެމްބަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

"ސަންއަށް އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓަރުކަމުން ވަކިކުރެއްވުމަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރުކަން ޒަހާއަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.

ޒާހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ކެބިނެޓުން އިތުރު މިނިސްޓަރުންތަކެއް ވަކިކުރަން ވެސް ވަނީ ނިންމާފަ އެވެ. އެކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ ކޯލިޝަން ލީޑަރުންނާ މަޝްވަރާ ކުރައްވާފަ އެވެ.

comment ކޮމެންޓް