އަނެއްކާވެސް "ރާދޭ"ގެ ލަވައެއް، މިފަހަރު ޖެކަލީން

ލަވައިގެ މަންޒަރެއް---

ފިތުރު އީދު ދުވަހު އަޅުވަން ތާވަލްކޮށްފައިވާ ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ އާ ލަވައެއް ދައްކާލައިފި އެވެ.

އެ ފިލްމުގެ ޓްރެއިލާ މީގެ ކުރިން ދައްކާލާފައިވާއިރު ދާދިފަހުން ވަނީ މި ފިލްމުގެ ފުރަތަމަ ލަވަ "ސީޓީ" މާރު" ވެސް ދައްކާލާފަ އެވެ. މި ލަވައިން ފެނިގެންދިޔައީ ސަލްމާން ޚާން އާ ދިޝާ ޕާޓްނީ އެވެ. ރާދޭގެ އާ ލަވައެއް އަނެއްކާ ވެސް މިވަނީ ދައްކާލާފަ އެވެ. މިފަހަރުގެ ލަވައަކީ "ދިލް ދޭ ދިޔާ"އެވެ. މި ލަވައިން ފެނިގެން ދިޔައީ ޖެކަލީން ފާނަންޑޭޒް އާ ސަލްމާނެވެ. ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދާ މި ލަވަ ކިޔާފައިވަނީ ކަމާލް ޚާން އާއި ޕާޔަލް ޑޭވްއެވެ. ދިލް ދޭ ދިޔާ ލަވަ ކޮމްޕޯސްކޮށްފައިވަނީ ހިމޭޝް އެވެ.

މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.

comment ކޮމެންޓް