ސަލްމާން އާއި ދިޝާގެ "ސީޓީ މާރް" ކަމުގޮއްސި

ލަވައިގެ މަންޒަރެއް---

މީގެ ތިން ދުވަސްކުރިން ފިލްމު "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ ޓްރެއިލާގެ އާންމުކުރިއިރު އެ ފިލްމުގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ސީޓީ" މާރް"ގެ ނަމުން ނަންދީފައިވާ މި ލަވައިން ފެނިގެންދަނީ ފިލްމުން ފެނިގެންދާ އެކްޓަރުން ކަމަށްވާ ސަލްމާން ޚާން އާ ދިޝާ ޕާޓްނީ އެވެ. ކަމާލް ޚާނާއި ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރުގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައިން ދިޝާ އާ ސަލްމާންގެ ނެށުމުގެ ފަރި ހަރަކާތްތަކެއް ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ.

މި ފިލްމަކީ މިދިޔަ އަހަރުގ އީދުގައި ސްކްރީންކުރުމަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާއެކު ފިލްމު އެޅުވޭނެ ގޮތް ބަންދުވީ އެވެ. މިހާރު މި ފިލްމު އަޅުވަން ތާވަލް ކުރީ މިއަހަރުގެ ފިތުރު އީދު ދުވަހުގަ އެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.

comment ކޮމެންޓް