ސަން ބަދިގޭގައި މިއަދު ތައްޔާރު ކޮށްލަން މިއުޅެނީ ފަރާޓާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ މީރު ޑިޝް އެކެވެ. މި ޑިޝްގެ ނަމަކީ ޗީޒް ކޮއްތު އެވެ.
ބޭނުންވާނެ ތަކެތި
- 3 ފަަރާޓާ
- 25 ގްރާމް ކެރެޓް
- 25 ގްރާމް ލީކްސް
- 30 ގްރާމް ކެޕްސިކަމް
- 100 ގްރާމް ބޯންލެސް ޗިކަން
- 2 ބިސް
- 25 ގްރާމް ކުދިކޮށް ކޮށާފައި ހުރި ފިޔާ
- 10 ގްރާމް ކުދިކޮށް ކޮށާފައި ހުރި ލޮނުމިދު
- 200 އެމްއެލް ކިރު
- 2 ޗެޑާ ޗީޒް
- 10 ގްރާމް ކުދިކޮށް ކޮށާފައި ހުރި މިރުސް
ތައްޔާރު ކުރާނެގޮތް
އެންމެ ފުރަތަމަ ތަވައެއް ހޫނުކޮށްލުމަށް ފަހު އެއަށް ބަޓަރުކޮޅެއް ލާށެވެ. ދެން އޭގެ ތެރެއަށް ފިޔާ އަދި ލޮނުމިދު ކޮޅު އަޅާލާށެވެ. ކުޑަކޮށް މިލާވަރު ވުމުން ކުކުޅު ކޮޅު އަޅާލައި ރަނގަޅަށް ކައްކާލާށެވެ. ކުކުޅު ރޯފިލުމުން ބިސް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ފަހުން ކެރެޓް ކެޕްސިކަމް އަދި މިރުސް އަޅައި އެއްކޮށްލާށެވެ.
ކިރުކޮޅު އަޅާނީ އޭތި ކުޑަކޮށް ކެކިލުމުންނެވެ. ކިރުކޮޅު އެޅުމަށް ފަހު ބޮކި އަރާވަރަށް ކެކެންދެން ބަހައްޓާލަން ވާނެ އެވެ. ދެން އޭގެ ތެރެއަށް ޗީޒް އަޅާށެވެ.
ފަރާޓާ ލީކްސް އަދި ލޮނާއި އަސޭމިރުސް އަޅާނީ އެންމެ ފަހުންނެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.