ލޯބިވެވިއްޖެގެ ފަސްޓްލުކް އަދި ޕޯސްޓަރު ދައްކާލައިފި

ލޯބިވެވިއްޖެގެ ޕޯސްޓަރެއް

ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް ލޯންޗުކުރި ފިލްމު ލޯބިވެވިއްޖެގެ ރަސްމީ ޕޯސްޓަރު އަދި ފަސްޓްލުކް ރޭ ރިލީޒްކޮށްފި އެވެ.

ޓީވީއެމް އިން ގެނެސްދޭ ފިލްމީ އުދަރެސް ޕްރޮގްރާމުގައި ބައިވެރިވި ފިލްމުގެ ތަރި އަލީ ސީޒަން ބުނީ މި ފިލްމަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ފިލްމެއް ކަމަށާއި މިއީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެއް ކަމަށެވެ. ފިލްމުގައި ސީޒަންގެ އިތުރުން ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އެވެ. ފިލްމުގައި ރިޝްފާ ލަންކާ އަންހެން ކުއްޖެއްގެ ރޯލުން ފެނިގެންދާއިރު އައްޒަ އަކީ ކިޔަމަންތެރި އަނތްބެކެވެ.

ޖުމްލަ ފަސް ލަވަ ހިމެނޭ އެ ފިލްމު މި އަހަތުތެރޭ ޕްރިމިއާކުރާނެ ކަމަށް ބެލެވެ އެވެ.

މިތަރިންގެ އިތުރުން ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި ޢަލީ ޝަމީލް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

އަލީ ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ އަލީ ޝިނާޒް މުހައްމަދު އާ އައިމިނަތު ޝަނާޒެވެ. މި ފިލްމަކީ ތަފާތު ފިލްމެއްކަން ފަސްޓްލުކް އިން ވެސް ހާމަވެއެވެ.

comment ކޮމެންޓް