ހުޅުމާލެ-ހުޅުލެ ބަސް ރޫޓަށް ބަދަލު ގެނެސްފި

އެއާޕޯޓާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރާ ބަހަށް ފަސިންޖަރުން އަރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީ އިން އެއާޕޯޓު ބަސް ރޫޓަށް ބަދަލު ގެނެސްފި އެވެ.

އެ ކުންފުނިން ބުނީ މީގެ ކުރިން ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުން ބާއްވަމުންދިޔަ ބަސް ދަތުރުތައް ދެން ބާއްވާނީ އަމީން އެވެނިއު ބަސް ސްޓޮޕުންނާއި ނިރޮޅުމަގު ދިކަލާސް ކައިރީ ހުންނަސްް ބަސް ސްޓޮޕުން ކަމަށެވެ.

މި ބަދަލު ގެނައީ ޓްރެފިކު ތޮއްޖެހުން ކުޑަކުރުމަށް، ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން ބަސް ދަތުރުތައް ބާއްވާނީ އާ ރޫޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް