ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ހުއްދަ ދީފި

ކުޑަކުދިންތަކެއް--

މާލެ ސިޓީގެ ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް އެ ދަރިވަރުންނަށް ކިޔަވައި ދެމުން އައީ އޮންލައިންކޮށެވެ.

އެ މިނިސްޓްރީން މިރޭ ކުރި އިއުލާންގައި ބުނީ، ކޮވިޑް19ގެ ރާއްޖޭގެ މިހާލަތަށް ބަލައި، މިއަދުން ފެށިގެން ނާސަރީ ސްކޫލަތައް ހުޅުވުމުގެ ހުއްދަ އެޗްޕިއޭއިން ދީފައިވާތީވެ، އެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އެޗްޕިއޭއިން މިއަދު ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ކާފިއު އުވާލައި، ކޮލެޖް ޔުނިވާސިޓީތަކަށްވެސް ހާޒިރުވެގެން ކިޔެވުމުގެ ހުއްދަ ވަނީ ދީފައެވެ.

އެޗްޕިއޭއިން ލުއިތަށް ދިން އިރު، މިއަދުވެސް ރާއްޖެއިން 300 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް