ގެއްލުނު ދޯނި ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ އިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ރޭ ގެއްލުނު މަސް ދޯނި ފެނިއްޖެ އެވެ.

ގެއްލުނީ ހުވަދު އަތޮޅަށްދަތުރުކުރ "ސަންޓާނާ" ދޯނީގެ ކަފުގައި އޮތް "ވީނާ" ދޯންޏެވެ. ދިގުމުނުގައި 45 ފޫޓު ހުންނަ އެ ދޯނި ގެއްލުނީ ވާ ކަނޑައިގެން ގޮސްގެންނެވެ.

ދޯނި ގެއްލުނު އިރު ދޯނީގައި އެއްވެސް މީހަކު ނެތެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓްގާޑުން ފެށީ ރޭގަ އެވެ. އެމްއެންޑީއެފް އިން ބުނީ ދޯނި ގެއްލިގެން ރިޕޯޓުކުރީ ރޭ 20:15 ހާއިރު ކަމަށެވެ.

އެ ދޯނި ހޯދުމަށް މިއަދު ވައިގެ މަގުން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ކުރި މަސައްކަތުން އައްޑޫ ސިޓީގެ ހުޅަނގުން 40 ނޯޓިކަލް މޭލު ބޭރުން ދޯނި ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ދޯނި ފެނުނީ 9:58 ހާއިރު އެވެ.

އެ ދޯނި ހޯދުމަށް ދޯނީގެ ވެރިފަރާތުންނާއި އެމްއެންޑީއެފް އިން ހުއްޓުމެއް ނެތި މަސައްކަތް ކުރި ކަމަށާއި، މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ކައިރިއަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް