ފުވައްމުލައް ސިޓީގައި ކޮވިޑް ކޮންޓްރޯލްކުުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ، މިމަހު 12 ވަނަ ދުވަހު ވަނަ ދުވަހު އެ ސީޓީގައި ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތައް އެޅުމަށް އެންގި އެންގުން އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން އޮތީ މަނާކޮށްފައި އެވެ.
އެގޮތުން އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނިކުމެ އުޅުން ވަކި ވަގުތަކަށް މަނާކުރުމުގެ އިތުުރުން އެ ސިޓީގައި ހަފްލާތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
ފުވައްމުލަކު ސިޓީގައި އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް
- ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
- ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
- އާންމު ދަތުރުފަތުރުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން
- ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ ޢާއްމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް، އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުން
- ކޮލެޖް ޔުނިވާސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން
- ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ހިދުމަތް ހުއްޓާލުން
- ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑެލިވަރީގެ ހިދުމަތް ދިނުން