މިއަދުވެސް ކޭސްތައް 100އިން މަތީގައި، މާލެ ސިޓީން އެކަނި 117

މާލޭގެ އެކި ސަރަހައްދުތަކުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 100އަށްވުރެ ގިނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން ގިނައީ މާލެ ސިޓީން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން މިއަދު ޖުމްލަ 133 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލެ ސަރައްހަދުން ޕޮޒިޓިވްވީ، 117 މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،742 ސާމްޕަލް އިން 133 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 51 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 184 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެެއިން ރިސޯޓުތަކުން 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރަށްތަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 19،49 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 165 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 17،002 އެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،441 އެވެ. އޭގެ ތެރެއިން 162 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 60 އެވެ.

comment ކޮމެންޓް