ކާތިކްގެ "ބޫލް ބުލައްޔާ 2" ދައްކާނީ ނޮވެމްބަރު މަހު

ފިލްމުގެ މަންޒަރެއް---

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ "ބޫލް ބުލައްޔާ 2" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އޮންލައިންކޮށެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް ތިއޭޓާތަކުގައި ފިލްމު ރިލީޒްކުރަން ނިންމިއިރު މި ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ ކިއާރާ އަދުވާނީ އެވެ. މި ފިލްމަކީ ކިއާރާ އާ ކާތިކް އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ. މި ފިލްމަކީ ސައިކޮލޮޖިކަލް ކޮމެޑީ ތްރިލާއެކެވެ.

މި ފިލްމަކީ 2007ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ"ގެ ދެވަނަ ބަ އެވެ. ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.

ކާތިކް އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް އެބައޮތެވެ. އޭގެ ތެރޭގައި "ދޯސްތާނާ 2"އާއި "ދަމާކާ" ހިމެނެ އެވެ. އެކްޓަރު ބޮލީވުޑަށް ތައާރަފްވީ 2011 ވަނަ އަހަރު ނެރުނު ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ" އިންނެވެ.

comment ކޮމެންޓް