ދާދާސާހެބް އެވޯޑު ސުޝާންތަށް

ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތް---

މިދިޔަ އަހަރުގެ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތަށް ދާދާސާހެބް ޕާލްކޭ އެވޯޑު ލިބިއްޖެއެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުޝާންތަށް އެ އެވޯޑު ލިބުނީ ބެސްޓް އެކްޓަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑެވެ. ފިލްމީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ކުޑަ ހަފްލާއެއްގައި އެވޯޑު ދިން އިރު މި އެވޯޑު ހަފްލާގައި ސުޝާންތުގެ އިތުރުން ގިނަ ތަރިންނަކަށް މި އެވޯޑު ލިބުނެވެ.

އެންމެ މޮޅު އެކްޓަރު މަގާމު ފިލްމު "ލަކްޝްމީ" އިން އަކްޝޭ ކުމާރު ހާސިލްކުރި އިރު އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ފިލްމު "ޗަޕާކް" އިން ދީޕިކާ ޕަދުކޯން އަށެވެ. އަދި އެންމެ މޮޅު ބަތަލާގެ ކްރިޓިކް އެވޯޑު ލިބުނީ ނެޓްފްލިކްސް ފިލްމު "ގިލްޓީ" އިން ކިއާރާ އަދުވާނީ އަށެވެ.

އެންމެ މޮޅު ޑައިރެކްޓަރަކަށް ފިލްމު "ލޫޑޯ"ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ހޮވުނުއިރު އެންމެ މޮޅު ފިލްމަކީ އަޖޭ ދޭވްގަން، ސައިފް އަލީ ޚާން އަދި ކާޖޮލްގެ "ތާނާޖީ: ދި އަންސަންޑް ވޮރިއާ" އެވެ. އެންމެ މޮޅޫ ސަޕޯޓިން ރޯލުގެ ބަތަލާގެ މަގާމު ގެންދިޔައީ "އަންގްރޭޒީ މީޑިއަމް" ގެ ރާދިކާ މަދަން އެވެ. އެ ކެޓަގަރީ އިން ފިރިހެން ބަތަލު ގެ އެވޯޑު ގެންދިޔައީ "ޗަޕާކް"ގެ ވިކްރަންތު މެސީ އެވެ.

"ޕަފޯމާ އޮފް ދަ އިޔާ"ގެ އެވޯޑު ނޯރާ ފަތެހީ އަށް ލިބުނުއިރު ކޮމެޑީ ރޯލުތައް ކުޅެގެން އެވޯޑު ގެންދިޔައީ ކުނާލް ކޭމޫއެވެ. ވެބް ސީރީޒް ކުޅެގެން ބަތަލާ ސުޝްމިތާ ސެން އެވޯޑު ގެންދިޔައިރު ފިރިހެން އެކްޓަރަކަށް މި ކެޓަގަރީ އިން ހޮވުނީ ބޮބީ ޑީއޯލްއެވެ.

comment ކޮމެންޓް