މާފަރު ކޮވިޑް ލެބް ހުޅުވައިފި، ދިވެހިންނަށް ހިލޭ ޓެސްޓް ހަދައިދެނީ

މާފަރު އެއާޕޯޓުގައި ގާއިމްކުރި ކޮވިޑަށް ޓޭސްޓުކުރާ ލެބް -- ފޮޓޯ: އޭޑީކޭ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސޮނޭވާ އާއި ވެލާ ޕްރައިވެޓް އައިލެންޑު ގުޅިގެން ގާއިމް ކޮށްފައިވާ ޕީސީއާރު ލެބުން ކޮންމެ ދުވަހަކު ދިވެހިންނަށް ހާއްސަކޮށްގެން 100 ޕީސީއާރު ޓެސްޓު ހިލޭ ހަދައިދޭން ނިންމައިފި އެވެ.

ސޮނޭވާ އިން ނެރުނު ބަޔާނެއްގައި ބުނީ މާފަރު އެއާޕޯޓުގެ ލެބު އަޕްގްރޭޑު ކުރުމަށްފަހު އަލުން ހުޅުވާ ޓެސްޓިންގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. އަލުން ލެބު ހުޅުވިއިރު ޓެސްޓު ހަދައިދޭ އަގުވެސް ހެޔޮކޮށްފައިވާ ކަމަށާއި އެގޮތުން ކުރިން 55 ޑޮލަރަށް ހަދައިދިން ޕީސީއާރު ޓެސްޓު މިހާރު 40 ޑޮލަރަށް ހަދައިދޭ ކަމަށް ބުންޏެވެ.

ސޮނޭވާ އިން ބުނީ މާފަރު ލެބު ހުޅުވައިގެން ހިދުމަތް ދޭން ފެށިިއިރު އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިންނަށްވެސް ހިދުމަތް ދިނުން ކަމަށާޢި އެގޮތުން ބ އަތޮޅާޢި ރ އަދި ޅ އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން ރަށްރަށަށްވެސް އެތަނުން ޕީސީއާރި ޓެސްޓު ހަދައިދީފައިވާ ކަމަށް ބުންޏެވެ.

މި ލެބުން ލިބޭ ފައިދާ ބަހާނީ ސޮނޭވާ ފައުންްޑޭޝަނާއި ވެލާ ރިސޯޓާ ދެމެދު ކަމަށް ސޮނޭވާ އިން ބުންޏެވެ.

ސޮނޭވާ އިން އިތުރަށް ބުނީ ރިސޯޓުތަކުގެ މެޑިކަލް ފެސިލިޓީތަކުގައި މަސައްކަތްކުރާ ނަރުހުންނަށް ހާއްސަކޮށްގެން ކޮވިޑް ސާމްޕަލް ނެގުމާ ގުޅޭ ތަމްރީނުވެސް މާފަރު ލެބުން ފޯރުކޮށްދޭ ކަމަށެވެ.

comment ކޮމެންޓް