ވިހެއުމުގެ ތެރޭ ދިވެހި ޒުވާނަކު ނިޔާވެއްޖެ

އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިހެއުމުގެ ތެރޭގައި ދިވެހި ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

އޭޑިކޭ ހޮސްޕިޓަލުގަައި ނިޔާވެފައިވަނީ ގއ މާމެންދޫ، އާޒާދު ސަލްމާ ނަސީރު،25، އެވެ.

ސަލްމާ ނިޔާވީ އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭ ދިވެހި ޒުވާނަކު ނިޔާވިކަން އެ ހޮސްޕިޓަލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ވިހެއުމުގެ ތެރޭ މަރުވާ މީހުންގެ މަރާ ގުޅޭ އެސެސްމެންޓު ހަދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެފަދަ ކޮންމެ ހާދިސާއެއްވެސް ތަހުގީގުކޮށް ބަލާނެ ކަމަށެވެ.

މެޓާނަލް ޑެތްސް ނުވަތަ ވިހެއުމުގެ ތެރޭ މަރުވުމަކީ ރާއްޖޭގައި މަދުން ނޫނީ ދިމާނުވާ ކަމެކެވެ.

comment ކޮމެންޓް