"ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ފަހު ސީޒަން މާޗުގައި

ސޯޝަލް މީޑިއާގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކާޑޭޝިއަން-ޖެނާގެ އާއިލާގެ މެމްބަރުންގެ ދިރިއުޅުން ދައްކައިދޭ ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތު ދަ ކަޑޭޝިއަންސް"ގެ ފަހު ސީޒަން ދައްކާ ތާރީޚު އިއުލާންކޮށްފިއެވެ.

މި ޝޯ ގެ ފަހު ސީޒަން {21 ވަނަ} ސީޒަން ޕްރިމިއާކުރާނީ އަންނަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. މި ޝޯ އަކީ 2007 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މަގްބޫލު ޝޯއެކެވެ. އޯޖޭ ސިމްޕްސަންގެ ކޭސްގައި ވަކީލަކަށް އުޅުނު ރޮބާޓް ކާޑޭޝިއަން އާ ގުޅިގެން އެ އާއިލާއަށް ރިއޭލިޓީ ޝޯއެއް ލިބިގެން ދިޔައީ 2007 ވަނަ އަހަރުގައެވެ. އޭރު ކާޑޭޝިއަން އާއިލާއަކީ މާ މަޝްހޫރު ބައެއް ނޫން އިރު، މާ ގިނަ ބަޔަކަށް އެ އާއިލާއެއް ނުވެސް އެނގެއެވެ.

ކްރިސް ޖެނާ މީގެ ކުރިން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ޝޯ ދެން އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މި ޝޯ ނިންމާލަން އުޅޭކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފައެވެ.

ޝޯއިން ލިބުނު މަގުބޫލުކަން ބޭނުންކޮށް އާއިލާގެ އެކި މެމްބަރުން ވަނީ ތަފާތު ބްރޭންޑުތައް އުފައްދާފައެވެ. އެގޮތުން އެންމެ މަގުބޫލުވަނީ ކިމްއާއި ކައިލީގެ ކޮސްމެޓިކް ބްރޭންޑެވެ.

comment ކޮމެންޓް