ސަޕްލައި ދޯންޏެއްގައި ރޯވެ އޮޔާ ގޮސްފި

ހުޅުމާލެ އިން ހދ. ހަނިމާދުއަށް ދަތުރުކުރަނިކޮށް "ނައުޓިލުސް ވަން" ސަފާރީގައި އަލިފާން ރޯވެފައި --- ފައިލް ފޮޓޯ: އެމްއެންޑީއެފް

ގދ. އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރި ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އޮޔާ ގޮސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިރޭ 10:30 އެހައިކަންހާއިރު ކަމަށެވެ.

އާޒިމް ވިދާޅުވީ "ހިބަރު" ނަމަކަށް ކިޔާ އެދޯނީގެ އިންޖީނު ރޫމުގައި ކަމަށާއި ހާދިސާ ހިނގީ ލ. އަތޮޅުގެ ދެކުނުން 38 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާން ރޯވިއިރު، ދެ ދިވެހީންނާއި ހަތަރު ބިދޭސީ ފަޅުވެރިން ދޯނީގައި ތިބިނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް