ކޮކާކޯލާގެ ކޯކް އެންޑް މީލްްސް ކެމްޕެއިން ރާއްޖެއަށް

ކޮކާކޯލާ އިން ވަނީ ހާއްސަ ކެމްޕެއިނެއް ފަށާފައި ---

ކޮކާކޯލާގެ އާ ކެމްޕެއިން "ކޯކް އެންޑް މީލްސް" ރާއްޖޭގައި ވެސް ފަށައިފި އެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން އެ ކުންފުނިން ބުނީ މިއީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު އާ އާންމު ހާލަތުގައި، ކެއުމުގެ ތެރެއިން އާއިލާ އާއި އެކުވެރިންނާއެކު ގުޅުން ބަދަހިކޮށް އެކުގައި ވަގުތު ހޭދަކުރުމުގެ މުހިއްމުކަން އަންގައިދޭން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

މީގެ އިތުރުން ކޮކާކޯލާ އިން ވަނީ ދެ ލީޓަރުގެ ކޯކް ފުޅިއާއެކު ކޮކާކޯލާ ބިއްލޫރި ތަށި ލިބޭ ޕްރޮމޯޝަނެއްވެސް ފަށައިފަ އެވެ.

ކޯކް އެންޑް މީލްސް ކެމްޕެއިނާ ގުޅޭގޮތުން ކޮކާކޯލާ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހާ ވިދާޅުވީ އާ އާންމު ހާލަތުގައި އާއިލާ އާއިއެކު ގިނަ ވަގުތު ގޭގައި ހޭދަކުރާއިރު ކެއުމަށް އިންސާފުކުރާ އިރު، ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ކޮކާ ކޯލާ އިން ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން ދެ ލީޓަރުގެ ކޯކު ފުޅި ގަތުމުން ބިއްލޫރިތަށި ލިބޭ ޕްރޮމޯޝަން މާޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށްވެސް ކޮކާކޯލާ ކުންފުނިން ބުންޏެވެ.

ކޯކުގެ އިތުރުން ފެންޓާ އާއި ސުޕްރައިޓުގެ ދެ ލީޓަރު ފުޅިއާއެކުވެސް ބިއްލޫރިތަށި ލިބޭނެ އެވެ.

comment ކޮމެންޓް