ތ އާއި ލ ލޯންޗު ފެރީ ގަޑިތަކަށް ބަދަލުތަކެއް

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފެށުން-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗް ފެރީ ދަތުރު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީއިން އާންމުކުރި ތާވަލުގައި ބަދަލު ގެނެސްފައިވަނީ ތ. ވޭމަންޑޫއިން އެ އަތޮޅު ތިމަރަފުށްޓަށް އަދި ތ. ތިމަރަފުށިން ލ. ގަމަށް ހެނދުނު ކުރާ ދަތުރުތަކުގެ ގަޑިއަށެވެ.

ކުރިން ހެނދުނު 7:00 ޖަހާއިރު ވޭމަންޑޫއިން ތިމަރަފުށްޓަށް ކުރާ ދަތުރު، ހެނދުނު 11:30އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކުރިން ހެނދުނު 7:15ގައި ތިމަރަފުށިން ގަމަށް ކުރާ ދަތުރު، ހެނދުނު 11:45އަށް ވަނީ ބަދަލުކޮށްފަ އެވެ.

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ.

ފެރީ ދަތުރުތަކުގެ އަގުތަކަކީ؛

  • ވޭމަންޑޫ - ތިމަރަފުށި: އެއްކޮޅު 75ރ، ދެކޮޅު 150ރ
  • ވޭމަންޑޫ/ތިމަރަފުށި - ގަން: އެއްކޮޅު 250ރ، ދެކޮޅު 400ރ

އެ ހިދުމަތުގެ ދަށުން ކޮންމެ ހަފުތާއެއްގެ ވެސް ހަތަރު ދުވަހު (އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު) ދަތުރުތައް ކުރެ އެވެ. އަދި އެ ހިދުމަތުގައި ބޭނުންކުރާ ލޯންޗުފަހަރުގެ ކެޕޭސިޓީއަކީ 70 މީހުންނެވެ.

comment ކޮމެންޓް