ޣާޒީ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވްވެ، ގިނަ ޓީޗަރުންތަކެއް ކަރަންޓިނަށް

ޣާޒީ ސްކޫލު: އެ ސްކޫލުގެ ޓީޗަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ކަރަންޓިންކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ އެ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވިކަން ރިޕޯޓުކޮށްފައިވަނީ މިއަދު ކަމަށެވެ.

އެ ކޭސްއާ ގުޅިގެން މިހާތަނަށް 12 ޓީޗަރަކު ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ކޭސްއާ ގުޅިގެން ހަތަރު ދަރިވަރުން ކޮންޓެކް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ދެ ސްކޫލުން ޕޮޒިޓިވެ ކޭސްތަކެއް ފެނުނު އިރު، އިއްޔެ ބިލަބޮންގް ސްކޫލުގެ ހަތަރު ދަރިވަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވެވައެވެ. އެ ދަރިވަރުން ސްކޫލަށް ހާޒިރު ނުވާތީވެ، އެ ސްކޫލުގެ އެއްވެސް މުވައްޒަފަކު އަދި ދަރިވަރަކުވެސް އެ ކޭސްތަކާ ގުޅިގެން ކަރަންޓީންކޮށްފައި ނުކުރެއެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން ކޮވިޑަށް 14،300އަށްވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13،474 މީޙުން ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 845 އެވެ. އޭގެ ތެެރެއިން 61 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

https://sun.mv/147909

comment ކޮމެންޓް