ގަތަރާ ސައުދީއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި

ގަތަރު އެއާވޭސް އިން ސައުދީ އަށް ދަތރު ފެށުން -- ފޮޓޯ: ގަތަރު އެއާވޭސް

ގަތަރާ ސައުދީ އަރަބިުގެ ބައެއް އާ އާއި ދެމެދު ވައިގެ ދަތުރުތައް އަލުން ފަށައިފިއެވެ.

މިއީ 2017 ވަނަ އަހަރު ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާއެކު އޮންނަ ހާރިޖީ އަދި ސިޔާސީ ގުޅުންތައް ކަނޑާލާ، އެ ގައުމުތަކުގެ ކަނޑުގެ އަދި ވައިގެ ސަރަހައްދު ގަތަރަށް ބަންދު ކުރިފަހުން ގަތަރުން ސައުދީ އަރަބިއާ އަށް ކުރި ފުރަތަމަ ދަތުރެވެ.

ގަލްފުގެ ގައުމުތަކުން ގަތަރާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ، އަލުން ގުޅުން ގާއިމް ކުރަން ވަނީ ނިންމައިފައެވެ. މިއާއެކު އެ ގައުމުތަކުގެ ވައިގެ އަދި ކަނޑުގެ ސަރަހައްދު ގަތަރަށް އަލުން ހުޅުވާލާނެއެވެ.

ގަތަރުން ސައުދީ އަށް 2017 ވަނަ އަހަރަށްފަހު ކުރި ފުރަތަމަ ދަތުރުގައި ގަތަރު އެއާވޭސްގެ ފްލައިޓު ދަތުރުކޮށްފައިވަނީ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ރިޔާޒަށެވެ. މި ހަފްތާތެރޭގައި ގަތަރުން ޖިއްދާ އަށްވެސް ދަތުރު ފަށާނެ ކަމަށް ގަތަރު އެއާވޭސް އިން ބުންޏެވެ.

ގަތަރު އެއާވޭސް އިން ސައުދީ އަށް އިއްޔެ ދަތުރު ފެށިއިރު، ސައުދީގެ ގައުމި އެއާލައިން، ސައުދީ އެއާލައިންސް އިންވެސް ވަނީ ގަތަރަށް ވައިގެ ދަތުރުތައް ފަށައިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ދައްމަމް އަށާއި ސައުދީގެ އިތުރު މަންޒިލްތަކަށް ގަތަރުން ދަތުރު ފަށާނެ ކަމަށާއި ގަލްފު ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް އަލުން އުދުހުންތައް ފެށުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ގަތަރު އެއާވޭސް އިން ވަނީ ބުނެފައެވެ.

ގަތަރު އެއާވޭސް އިން މިހާރު 110 މަންޒިލަކަށް ދަތުރު ކުރެއެވެ. އެ އެއާލައިނުން ބުނީ އަމާޒަކީ 2021 މާޗުގެ ކުރިން އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތަކުގެ އަދަދު 125 އަށް ހެދުން ކަމަށެވެ.

comment ކޮމެންޓް