އެމްޓީސީސީގެ ލޯންޗު ފެރީން ތ. އާއި ލ. ގުޅާލައިފި

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފެށުން-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތުގެ ދަށުން ފެރީގެ ހިދުމަތް ދޭ ރޫޓުގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. ފެރީ ދަތުރުތަކުގެ އަގުތަކަކީ؛

  • ވޭމަންޑޫ - ތިމަރަފުށި: އެއްކޮޅު 75ރ، ދެކޮޅު 150ރ
  • ވޭމަންޑޫ/ތިމަރަފުށި - ގަން: އެއްކޮޅު 250ރ، ދެކޮޅު 400ރ

ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ އެމްޓީސީސީ ލޯންޗު ފެރީ ދަތުރުތަކުގެ ތާވަލު--

އެމްޓީސީސީއިން ބުނީ މި ހިދުމަތުގެ ދަށުން ކޮންމެ ހަފުތާއެއްގެ ވެސް ހަތަރު ދުވަހު (އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު) ދަތުރުތައް ކުރާނެ ކަމަށެވެ. އަދި މި ހިދުމަތުގައި ބޭނުންކުރާ ލޯންޗުފަހަރުގެ ކެޕޭސިޓީއަކީ 70 މީހުންނެވެ.

މި ހިދުމަތް ފެށުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ފޯރުކޮށްދެއްވި އެހީ ފާހަގަކޮށް، އެމްޓީސީސީއިން ވަނީ އެބޭފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް