މަސްވެރިކަމަށް ބޭނުންކުރާ ސާމާނަށް ހާއްސަ ފިހާރައެއް ސޮނީއިން ހުޅުވައިފި

ސޮނީ ފިޝިން ފިހާރަ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަސްވެރިކަމުގެ ސާމާނަށް ހާއްސަ ފިހާރައެއް ސޮނީއިން ހުޅުވައިފި އެވެ.

އެ ފިހާރަ ހުޅުވީ މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ހުންނަ ސޮނީ ބިލްޑިންގެ ތިރީގަ އެވެ. ސޮނީ ކުންފުނިން ބުނީ ސޮނީ ފިޝިން އަކީ މަސްވެރިކަމުގެ މަސައްކަތުގައި ބޭނުންކުރާނެ ކޮލެޓީ އެންމެހާ ސާމާނު ލިބޭނެ ފިހާރައެއް ކަމަށެވެ.

އެގޮތުން ބުޅި ކަންވާރުން ފެށިގެން ގޮސް މަސްބުރި، ވަދު އަދި ދޮއްޓާއި ރީލް އަދި މަސްވެރިކަމަށް ބޭނުންވާނެ އެންމެހާ އާލާތްތައް މި ފިހާރައިން ލިބޭނެ ކަމަށް ސޮނީއިން ބުންޏެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ހުޅުވާފައިވާ ސޮނީ ފިޝިން އިން ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި ޝިމާނޯ، ރަޕެލާ އަދި މުސްތަޑް ބްރޭންޑުގެ މަސްވެރިކަމަށް ބޭނުންކުރާ އުފެއްދުންތައް ހިމެނެ އެވެ.

މިއީ ކޮލެޓީ، ބްރޭންޑެޑް ދުނިޔޭގެ ފެންވަރުގައިވެސް މަގުބޫލު ބްރޭންޑުތަކެވެ.

ސޮނީ ފިޝިން ފިހާރަ ހުޅުވުމާ ދިމާކޮށް އެ ފިހާރައިން ހާއްސަ ޑިސްކައުންޓުތައް ލިބޭނެ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފަ އެވެ. މިމަހުގެ ނިޔަލަށް ކުރިއަށްދަނެ އެ ޕްރޮމޯޝަނުގެ ދަށުން ހޮވާލެވިފައިވާ ވަކި ޕްރޮޑަކްޓު ތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

comment ކޮމެންޓް