ފޭސް ސެރަމް ބޭނުންކުރަންވީ އެތައް ސަބަބެއް

ފޭސް ސެރަމް ބޭނުންކުރަނީ--

އަވަހަށް މުސްކުޅިވެ، މޫނު ކުރަކިވެ، މޫނުގެ އުޖާލާކަމާއި ރީތިކަން ގެއްލުމުގެ ބިރު އަހަރެމެންނަށް ހީވަނީ މަދެއްކޮށެއް ނޫނެވެ. އިރުއިރުކޮޅާ ކޮންމެވެސް މޮޅު ފޭޝަލްއެއް ހަދާލާ ނޫނީ ޑީއައިވައި ފޭސް މާސްކެއް އަޅައިގެން އޮންނައިރު ވެސް ދާއިމީގޮތެއްގައި މިކަމަށް ހައްލެއް ލިބޭ ހެނެއް ހިޔެއް ނުވެއެވެ. އަގުބޮޑު ތަފާތު އެތަށް ބްރޭންޑެއްގެ ސްކިން ކެއާ ސާމާނު ބޭނުންކުރިއަސް، އެދެވޭ ނަތީޖާއެއް ހޯދުމަށް ވަކި ތަރުތީބަކާއި ހާއްސަ ފޯމިއުލާތަކެއް އެމީހެއްގެ ހަމާއި ގުޅޭހެން ބޭނުންވެއެވެ،

އިންޑިއާގެ މަޝްހޫރު ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑރ.ނިކިޓާ ސޮންވޭން މިކަންކަމަަށް އަލިއަޅުވާ 'ފޭސް ސެރަމް' ގެ މުހިންމުކަން ކިޔާދީފައެވެ. އޭނާއަކީ އިންޑިއާގައި ބޮޓޮކްސް އަދި ޑާމަލް ފިލާސް އައި ނޮން ސާޖިކަލް ފޭސް ލިފްޓް އަދި ފޭޝަލް ކޮންޓޯރިންގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑޮކްޓަރުވެސް މެއެވެ.

ޑާމަޓޯލޮޖިސްޓް ޑރ.ނިކިޓާ ސޮންވޭން

ފޭސް ސެރަމްއަކީ ގިނަ އަދަދެއްގެ އެކްޓިވް އިންގްރިޑިއަންޓްސް ތަކެއް ހިމެނޭ ވަރަށް ދިޔާ ލިކުއިޑްއެކެވެ،

މޫނަށް އުޖާލާ ކަން ގެނެސްދޭ

ގިނަ ފަހަރަށް މޫނުގެއުޖާލާކަމާއި ތާޒާކަން ގެއްލިގެންދަނީ ވަރުބަލިވުމުންނެވެ. ރަނގަޅު ފޭސް ސެރަމް އެއް ބޭނުންކުރުމުން ސެލިއުލާ ރީޖެނެރޭޝަންއަށް މަގުފަހިކޮށްދީ، ހަންގަނޑުގެ ހާލަތު ރަނގަޅުކޮށް އުޖާލާކަމާއި ތާޒާކަން ގެނެސްދެއެވެ.

މޫނު އޮމާންކޮށްދޭ

ގިނަ ފަހަރަށް ބޭނުންކުރެވޭ ބައެއް މާއްދާތަކުގެ ސަބަބުން މޫނުމަތި ވަރަށް ތެޔޮކޮށްލައެވެ. އަދި މީގެ ސަބަބުން ބިހި ނެގުންފަދަ އެތަށް މައްސަލައެއް ދިމާވެއެވެ. އެހެންނަމަވެސް ޑރ.ނިކިޓާ ބުނާގޮތުގައި ފޭސް ސެރަމްއަކީ ވަރަށް ލުއި ގޮތަކަށް ފަރުމާ ކުރެވިފައިވާ އެއްޗެއްކަމުން ހަމުގެ ޕޯސް ތައް ތެޔޮވުމުން ރައްކާތެރިކޮށް، ގިނައިރުވަންދެން ރީތިކޮށް ބަހައްޓައިދޭނެ އެވެ. އަދި ސެރަމްގައި އެއްވެސް އެޑިޓިވްސް އެއް ނުހިމެނޭތީ ހަމުގެ އެތެރެއަށް ފަސޭހައިން ފޯރާ އޮމާންކަން ހަމަށް ގެނެސްދެއެވެ.

ފައިން ލައިންސް ދުރުކޮށްދޭ

މިއީ ދެން ސެރަމްގެ އެންމެ ހާއްސަ އެއް ކަމަށްވުން ގާތެވެ. ދުވަސްވާ ވަރަކަށް މޫނުގައި ހުންނަ 'ފައިން ލައިންސް' ތަކަކީ އަހަރެމެން އެންމެ މާޔޫސް ކުރުވާ އެއްކަމެވެ. އެހެންނަމަވެސް ރެޓިނޯލް، CoQ10، ކޮޕާ ޕެޕްޓައިޑް ފަދަ މާއްދާތައް ހިމެނޭ ސެރަމްތަކަކީ ހަންގަނޑަށް ޒުވާންކަން ގެނެސްދީ ރީޖެނޭރޭޝަން އަވަސް ކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ހަންގަނޑުގެ މޮއިސްޗަރައިޒްކޮށް ބެހެއްޓުމަށް ބޮޑު އެހީއެއް

މީގެއިތުރުން، ފޭސް ސެރަމްއަކީ ހަމުގެ ތެތްކަން ހިފަހައްޓައިދިނުމަށްޓަކައިވެސް ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެކެވެ. ހާއްސަކޮށް ހައިލޮރޯނިކް އެސިޑް ފަދަ މާޢްދާތައް ހިމެނޭ ސެރަމްތަކުން ހަމުގެ ތެތްކަން ހިފަހައްޓައިދީ ދުޅަހެޔޮކަން ހަމަށް ގެނެސްދެއެވެ.

މިހުރިހާ ފައިދާތަކާއި އެކު ބޮޑު ސުވާލަކީ ފޭސް ސެރަމް ބޭނުންކުރަނީ ކިހިނެއްތޯއެވެ. ހަމުގެ ޑޮކްޓަރުން ވިދާޅުވަ ގޮތުގައި ހެނދުނާއި ރޭގަނޑުވެސް ސެރަމް ބޭނުންކުރެވިދާނެ އެވެ. ހާއްސަކޮށް ޑްރައި ސްކިން ހުންނަ ފަރާތްތަކުން މޮއިސްޗަރައިޒާ ހޭކުމުގެ ކުރިއަށް ސެރަމް ހާކާލުން ކޮންމެހެންވެސް މުހިންމެވެ.

comment ކޮމެންޓް