ސްޓާޕްލަސް އިން ދެއްކި ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ"ގައި އަބީރުގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ޝަހީރު ޝެއިހް ކައިވެނިކޮށްފި އެވެ.
ޝަހީރު ކައިވެނުކުރީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ރުޗިކާ ކަޕޫރާ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ދެމީހުން އެންގޭޖްވިކަން އިއުލާންކުރި އިރު ދެމީހުން އެހާ އަވަހަށް ކައިވެނިކުރާނެ ކަމަށް އެކަކު ވެސް ހިއެއްނުކުރެ އެވެ.
ކައިވެންޏަށް ފަހު ޝަހީރު ބުނީ ކައިވެނިކުރެވުމުން އުފާވާކަމަށާއި މިފެށުނީ އާ ހަޔާތެއް ކަމަށެވެ. ކުޑަ ގޮތަކަށް ކޯޓުގައި ކައިވެނިކުރީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ކަމަށާއި އަންނަ އަހަރުތެރޭ ކައިވެނީގެ ރަސްމިއްޔާތެއް ބާއްވާނެކަމަށެވެ. ރުޗިކާ އަކީ ޕްރޮޑިއުސަރެކެވެ.
ޝަހީރް ކުލެފައިވާ ގިނަ ސީރިޒްތަކެއްގެ ވެސް ކްރިއޭޓިވް ޕްރޮޑިއުސަރަކީ ރުޗިކާ އެވެ. ޝަހީރަކީ ޓީވީ ސިލްސިލާ "ނަވްޔާ" އިން ތަައާރަފްވި ކާމިޔާބު ޓީވީ އެކްޓަރެކެވެ.