ޚުދާ ހާފިޒް 2ގެ ޝޫޓިން އަންނަ އޭޕްރިލް މަހު

މިދިޔަ އޮގަސްޓް މަހު ނެރުނު ކާމިޔާބު ފިލްމު "ޚުދާ ހާފިޒް"ގެ ދެވަނަ ބައި އަންނަ އަހަރު ޝޫޓްކުރާ ގޮތަށް ނިންމައިފި އެވެ.

ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު ކާމިޔާބީއަށް ބެލުމަށްފަހު ފިލްމުގެ ސީކުއަލެއް ހަދާނެކަން އިއުލާންކުރުމާއެކު އެންމެ ބަލަން ބޭނުންވީ ފިލްމު ފެންނާނީ ކިހާ ހިސާބެއްގައި ތޯއެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ އޭޕްރިލް މަހު ކުރިއަށް ގެންދާއިރު ފިލްމުގެ ތައްޔާރީތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދިޔައީ ޝިވަލީކާ އޮބްރޯއީ އެވެ. އަދި ފިރިހެން ލީޑަކީ ވިދްޔުތު ޖަމްވާލްއެވެ. ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު ޚުދާ ހާފިޒް ޕްރިޑިއުސްކޮށްފައި ވަނީ ކުމާރު މަންގަތު ޕަތަކްއާއި އަބީޝޭކް ޕަތަކް އެވެ.

ފިލްމުގެ ސީކުއަލް އިން ދެތަރިން ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝިވަލީކާ (ނަރްގިސް) ބޭރު ގައުމަކަށް ދަތުރުކުރާ ތަނެވެ. އޭނާގެ ފިރިމީހާ ވިދްޔުތް (ސަމީރު) އަށް ގުޅާ އޭނާ އެނބުރި ގައުމަށް ގެންދިޔުމަށް އެދި އާދޭސްކުރާ މަންޒަރު ފެނިގެންދިޔައެވެ. ސަމީރު އޭނާގެ އަންހެނުން ހޯދަން އެ ގައުމަށް ގޮސް ދިމާވާ ކަންތައްތައް ވެސް މި ފިލްމުން ފެނިގެން ދިޔައެވެ.

comment ކޮމެންޓް