ލޮޓަސް ބައިކްޝޮޕުން ބެނެލީގެ ހިތްގައިމު ވީޒެޑް125އައި ސްކޫޓަރު މާކެޓަށް ނެރެފި

ބެނެލީ ވީޒެޑް125އައި--

ސައިކަލުގެ އެކި މޮޑެލްތަކުގެ ތެރެއިން ސްކޫޓަރުތަކަކީ އާންމުންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް މޮޑެލް އެވެ. ރީތި ޑިޒައިންތަކުގެ ސްކޫޓަރުތައް މީގެ ކުރިންވެސް މާކެޓަށް ނެރުނު ލޮޓަސް ބައިކްޝޮޕްގެ އެންމެ އައު ޕްރޮޑަކްޓް، ބެނެލީ ވީޒެޑް125އައި ސްޓައިލް އަދި ޕާފޮމެންސްގެ ގޮތުން ބަލާއިރު ވަރަށްވެސް އިތުބާރު ހިފޭ ސްކޫޓަރެކެވެ.

މުޅިން އަލަށް ބެނެލީ ވީޒެޑް125އައި މާކެޓަށް ނެރުމާއެކު ލޮޓަސް ބައިކްޝޮޕުން ވަނީ "ނޮވެމްބަރު ޕަވާ ޑީލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ ނިޔަލަށް މި ސްކޫޓަރު 36،950 ރުފިޔާއަށް ގަންނަން ލިބޭނެ އެވެ. ހަމައެއާއެކު އިމަޖެންސީ ހާލަތެއްގައި ސްޕޭ ޕާޓްސް އަދި މަރާމާތު ކުރުމުގެ ހިދުމަތްވެސް ލޮޓަސް ބައިކްޝޮޕުން ފޯރުކޮށްދޭނެ އެވެ.

ބެނެލީ ވީޒެޑް125އައި--

ވީޒެޑް 125އައިގައި ހިމެނެނީ 8.4 ހޯސްޕަވަރު އަދި ނުވައެއް އެންއެމް ޓޯކްގެ ސިންގަލް ސިލިންޑަރު އިންޖީނެކެވެ. މި ސްކޫޓަރު އުފެއްދުމުގައި ބެނެލީއިން އެންމެ ބޮޑު އެއް އިސްކަމެއް ދީފައިވަނީ ދަށް އާރުޕީއެމްތަކުގައި ޕާފޮމެންސް ރަނގަޅު ކުރުމަށެވެ. މާނައަކީ ޓްރެފިކް ބާރުބޮޑުވި ނަމަވެސް، ހަލުވިކަމާއެކު މި ސްކޫޓަރު ދުއްވުމުގެ އިތުރުން ޕެޓްރޯލް ސަލާމަތްވެ، ދިގު ރާސްތާތަކަށް ދުއްވޭނެ އެވެ.

މީގެ އިތުރުން މި ސްކޫޓަރުގައި ހިމެނޭ މުޅިން އައު ސީވީޓީ ގިއާބޮކްސްއާއެކު ސްކޫޓަރު ސްޓާޓްކުރުން އަވަސްވެ ގިއަރު ބަދަލުވުން ފަސޭހަވެ އެވެ.

ވީޒެޑް 125އައިގެ ޝޮކް އެބްސޯބްޝަން ސިސްޓަމަށް ބަލާއިރު ޝޮކްތައް އުފައްދާފައިވަނީ ޖަޕާނުގެ ކަޔާބާ (ކޭވައިބީ) ބްރޭންޑުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މި ސްކޫޓަރު ބޭނުންކުރުމުގައި ރައްކާތެރިކަން އިތުރުކުރަން ބްރޭކް ސިސްޓަމްގެ ގޮތުގައި ހިމަނާފައިވަނީ 220އެމްއެމްގެ ޑަބަލް ޕިސްޓަން ޑިސްކް ބްރޭކް ސިސްޓަމެކެވެ. އަދި ސްކޫޓަރުގައި ބޭނުންކޮށްފައިވަނީ ޓިއުބްލެސް ޓަޔަރެވެ.

ބެނެލީ ވީޒެޑް125އައި--

ބެނެލީ ވީޒެޑް125އައިގެ ތިން ކުލައެއް ލޮޓަސް ބައިކްޝޮޕުން ގަންނަން ލިބޭނެ އެވެ. އެއީ މެޓް ބްލޫ، ޗިލީ ރެޑް އަދި މެޓް ބްލެކް އެވެ.

comment ކޮމެންޓް